ރައީސް މުހައްމަދު މުހައްމަދު ނަޝީދަށް ލިބުނު ޒަހަމްތަކަށް ހާއްސަ ޓީމަކުން ފަރުވާދެމުން އަންނަ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ނަޝީދު އޭޑީކޭއަށް ގެންދިޔައީ 8:30 ހާއިރު ކަމަށެވެ. އަދި އެ މަނިކުފާނަށް ފަރުވާދިނުމަށް މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ.
"އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު. އިތުރު ތަފުސީލްތައް ހާމަކުރާނަން،" އެ ހޮސްޕިޓަލުން ބުންޏެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން ކާރަށް އަރާވަޑައިގަންވަނިކޮށް ކަމަށްވެ އެވެ. އަދި އެ ހާދިސާގައި ނަޝީދުގެ ކާރު ޑްރައިވަރަށާއި މަގުމަތިން ދިޔަ ބިދޭސީއަކަށް ވެސް ޒަހަމްވެފައިވެ އެވެ.
މި ހަމަލާ ސިފައިންނާއި ފުލުހުން ގެންދަނީ ގުޅިގެން ތަހުގީގުކުރަމުންނެވެ.
ދުޅަހެޔޮ އަދި އުފާވެރި އާއިލާއަކަށް ދިރިއުޅުމުގެ އާދަތަކެއް!
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ކުއްޖާ މަރު
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟