މިހާރު ކުރިއަށްދާ 2026 ގެ ފީފާ ވޯލްޑް ކަޕް މެޗުތައް ބަލާލުމަށް ދުނިޔޭގެ އެކި ކޮޅުތަކުގައި ތަފާތު ފޭން ޒޯންތައް ހަދާފައިވާއިރު، މީގެ ތެރެއިން އެންމެ ހާއްސަ އަދި އެންމެ ރީތި އެއް ފޭން ޒޯން ފެންނަނީ ކެނެޑާ އަދި އެމެރިކާ ގުޅޭ ބޯޑަރުގައި އޮންނަ މަޝްހޫރު ފެންއާރު ނިއާގަރާ ފޯލްސް ކައިރިންނެވެ.

"ފޭން ޒޯން ބައި ދަ ފޯލްސް"ގެ ނަމުން ނިއާގަރާ ޕާކްސްއިން ހިންގާ މި ސަރަހައްދަކީ ފުޓްބޯޅައިގެ ފޯރިއާއި ގުދުރަތީ ރީތިކަން އެއްކޮށްލައިގެން ސަޕޯޓަރުންނަށް ހުޅުވާލާފައިވާ ހިތްގައިމު މާހައުލެކެވެ.

ފަރުބަދައިގެ ފިނި މާހައުލާއި ބޮޑެތި ސްކްރީންތައް

މި ފޭން ޒޯންގައި ދެ ބޮޑު އައުޓްޑޯ ސްކްރީން ބަހައްޓާފައި ހުރީ ނިއުގްރާ ފޯލްސްއިން ފައިބާ ފެންގަނޑުގެ ބީހިލާ ފިނި ރޯޅިތައް ސީދާ ފޭނުންނަށް އިހުސާސް ވާނެހާ ކައިރީގަ އެވެ. ކޮންމެ ދުވަހަކު ހެނދުނު 11 އިން ރޭގަނޑު 11 އަށް މެޗުތައް ދައްކާއިރު، ދަނޑަށް ނުދެވޭ ސަޕޯޓަރުންނަށް މިއީ މެޗުތައް ބަލަން ލިބޭ އެންމެ އަގުހުރި ހަދިޔާ އެވެ.

ދުނިޔޭގެ އެކި ކޮޅުތަކުން އައިސްތިބި ސަޕޯޓަރުން

https://www.youtube.com/watch?v=5Xnw-ms2l5Y

ބީބީސީގެ ރިޕޯޓުން ފެންނަ ގޮތުގައި، މި ސަރަހައްދަށް މެޗުތައް ބަލަން އެތައް ހާސް ބަޔަކު ދަނީ ޖަމާ ވަމުންނެވެ. ބޮސްނިއާ، ބްރެޒިލް، މޮރޮކޯ އަދި ސްކޮޓްލޭންޑް ފަދަ ގައުމުތަކުގެ ސަޕޯޓަރުން އެމީހުންގެ ގައުމީ ޖާޒީތަކުގައި މިތަނުން ފެނެ އެވެ.

ނިއުޔޯކުން އައި ބޮސްނިއާގެ މީހަކު ބުނި ގޮތުގައި، އޭނާގެ ދަރިން ގޮވައިގެން ހަތް ގަޑިއިރު ދުއްވާފައި މިތަނަށް އައީ ވޯލްޑް ކަޕްގެ ފޯރި ހޯދުމުގެ ބޭނުމުގަ އެވެ.

ޖަރުމަނުން ދަތުރުކޮށްފައި އައި އެހެން ސަޕޯޓަރަކު ބުނީ، މެޗު ބަލަމުން ނިއުގްރާ ފޯލްސްގެ ރީތިކަން ފެނުމަކީ ހަޔާތުގައިވެސް ލިބޭނެ އެންމެ ބޮޑު އެއް އުފާ ކަމަށެވެ.

މި ފޭން ޒޯންގައި މެޗު ބެލުމުގެ އިތުރުން، ހާފް-ޓައިމް (މެޗުގެ މެދުތެރެއިން ލިބޭ ހުސްވަގުތު) ގައި ސަޕޯޓަރުން ދަނީ ނިއާގަރާ ފޯލްސްގެ ބޯޓު ދަތުރުތައް ކޮށް، ސްކައިލޯން ޓަވަރަށް އަރައި މުޅި ސަރަހައްދުގެ މަންޒަރު ބަލަމުންނެވެ.

އެއާއެކު ރޭގަނޑުގެ މެޗުތައް ކުރިއަށްދާއިރު، މެޗުގެ މުހިންމު ވަގުތުތަކާ ދިމާކޮށް ނިއުގްރާ ފޯލްސްގެ ދިއްލުންތައް ބަދަލުވަމުންދާ މަންޒަރަކީ ވެސް ހިތްގައިމު މަންޒަރެކެވެ.

މިއީ 2026 ގެ ވޯލްޑް ކަޕްގެ ތެރެއިން އެމެރިކާ އާއި ކެނެޑާ ސަރަހައްދުން ފެންނަ އެންމެ ފާހަގަ ކޮށްލެވޭ، އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ "މެޗު ބަލާލާނެ" ހިތްގައިމު މަންޒިލެވެ.