ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު 40 އަހަރަށް ފަހު ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން މިއަދު ބުނީ އިސްމާއިލް ރިޓަޔާކުރަން ނިންމުމާ ގުޅިގެން, ދިރާގުން ވަލްޑެމާ ފެރަޑާޒް ވަނީ ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި މިއަދުން ފެށިގެން ދިރާގާ ގުޅިފައިވާ ކަމަށެވެ. މި މަގާމަކީ ދިރާގުގެ މައި ހިއްސާދާރު ބިޔޯންއިން އައްޔަންކުރާ މަގާމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި އާ ޗީފް އެގްޒެކެޓިވް އޮފިސަރު ހޯދުމުގެ މަސައްކަތް ލީޑްކުރީ ބިޔޮން އިން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވާނަންސް ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ދިރާގުން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި 1988 ވަނަ އަހަރު ދިރާގު އުފެދުނުއިރު އޮތް ޓީމުގައި އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އިސްމާއިލްގެ ކެރިއާ ފެއްޓެވީ ކޭބަލް އެންޑް ވަޔާލެސްގައި ކަމަށާއި އޭނާގެ ފަހުރުވެރި އަދި ކުލަގަދަ ކެރިއަރުގައި އެ ބޭފުޅާ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތައް ކުރައްވާފައިވާ ކަމަށް ވެސް ދިރާގުން ބުނެ އެވެ. މި ގޮތުން، ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި، މިއަދުގެ ޑިޖިޓަލް އިގްތިޞާދުގެ ބިންގާ އެޅުއްވުމަށް އިސްމާއިލް މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް ވެސް ދިރާގުން ބުނެ އެވެ.
އިސްމާއިލްގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ލީޑުކޮށް އެ މަޝްރޫއު ކާމިޔާބުކަމާއެކު ހާސިލުކުރެއްވުމާއި، ރާއްޖޭގައި ޖީއެސްއެމް މޯބައިލް ޚިދުމަތް ތައާރަފުކުރުމާއި، 2006 ވަނަ އަހަރު ދިރާގު- އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުމާއި، އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރީން ކޭބަލް ގާއިމްކޮށް، އެ ނެޓްވޯކް ތަރައްގީކޮށް ދިރާގުގެ މިއަދުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައިބަދަ ގާއިމުކުރުމުގައި އިސް ރޯލެއް އަދާކުރެއްވި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން، 2011 ވަނަ އަހަރު ލިސްޓުކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ އައިޕީއޯގައި ރާއްޖޭގެ އަދި ބައިނަލްއަގްވާމީ އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް މި އޮފަރިން މާކެޓްކޮށް، މެނޭޖްކުރެއްވުން ހިމެނޭ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
އެ ކުންފުނިން ބުނީ 2015 ވަނަ އަހަރު ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އިސްމާއިލް އައްޔަންވުމަށްފަހު ދިރާގަށް ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބަ-ޓު-ދަ- ހޯމް (އެފްޓީޓީއެޗް) ކަވަރޭޖް ކާމިޔާބުކަމާއެކު ފޯރުކޮށްދީފައިވާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
އެ ކުންފުނިން ބުނީ ސައުތު އެފްރިކާގެ ވާލްޑޭ، ދިރާގާއި ގުޅެނީ 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑާޝިޕް ތަޖުރިބާއާއެކު ކަމަށެވެ. ވާލްޑޭގެ ލީޑަޝިޕް ތަޖުރިބާ އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަންގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ދާއިރާތަކާ ގުޅިފައިވާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
މިގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ ފުރަތަމަ މޯބައިލް ނެޓްވޯކް ތައާރަފްކުރުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން، އެމްވީއެންއެކްސް، ޑިޖިސެލް، ސެލް ސީ، ޓެލްކޮމް މޯބައިލް އަދި ވޮޑަފޯން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ސީނިއާ ލީޑަޝިޕް މަގަގާމުތައް ވަނީ އަދާކޮށްފަ އެވެ.
ދިރާގުން ބުނިގޮތުގައި ވަލްޑޭ ވަނީ ތަރައްގީވެފައިވާ މާކެޓުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގައި ޓެލެކޮމް ވިޔަފާރިތައް ބިނާކުރުމާއި، ކުރިއެރުވުމާއި، އަދި ޒަމާނީ ބަދަލުތައް ގެނައުމުގައި ނަމޫނާ ދައްކަވައި، މި ދާއިރާގައި ޝަރަފުވެރި ކެރިއަރެއް ބިނާކުރައްވައިފަ އެވެ.
މި އިންތިގާލީ މަރުހަލާގައި އިސްމާއިލް އާއެކު ވާލްޑޭ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި އެ ކުންފުނީގެ ބޯޑުން ބުނިގޮތުގައި، މި ބަދަލުވުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ވިޔަފާރީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއްނެތި، ކަމާބެހޭ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓޭނެ، އަދި ކުންފުނީގެ ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދެވޭނެ ގޮތަށެވެ. މީގެ އިތުރުން، ކުންފުނިން އިސްކަންދޭ ކަންތައްތަކާއި، ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ބޯޑުން ވަނީ ދީފަ އެވެ.
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު
ޖޭސްމިންގެ އުފަން ދުވަސް ފާހަގަ ކުރަން ޖެހުނީ ހޮސްޕިޓަލުގައި!
ކޭޕްވާޑްގެ ރައީސް: އާޖެންޓީނާ ބަލިކުރެވިދާނެ