ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިފި އެވެ.
ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިނެވެ. ރައީސް ޔާމީން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ މިރޭ 9:30 ހާއިރު ހުޅުމާލޭ ހޮސްޕިޓަލްގައި ރައީސް ޔާމީން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 333 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 3،111 މީހަކު މިއަދު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 301،239 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހާފައި ވަނީ 133،997 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކޮށްފި
ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް
