ކުންފުނިތަކާބެހޭ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން 28 ކުންފުންޏެއް އުވާލައި، އެކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އާންމުކޮށް އިއުލާނުކޮށްފި އެވެ.

މި ކުންފުނިތައް އުވާލާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 246 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2025/R-83 (ޤާނޫނު ނަންބަރު 96/10 ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ކުންފުނި އުވައިލުމަށް ރަޖިސްޓްރާރު ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ގަވާއިދު) ގައިވާ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު އެވެ.

ޤާނޫނީ ހަމަތަކުގެ މަތިން މި އުވާލެވުނު 28 ކުންފުނީގެ ތަފްސީލު ހިމެނޭ ލިސްޓު މިހާރު އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

މި ނިންމުމާ ގުޅިގެން ނުވަތަ އިއުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީގެ ރަސްމީ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.