ޕްރައިމަރީއަކާ ނުލައި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުހައްމަދު މުއިއްޒަށް ދިނުމަށް އެ ޕާޓީގެ މަތީ މަޖިލީހުން މިއަދު އިއްތިފާގުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ޕީއެންސީގެ މަތީ މަޖިލީހަށް ހުށަހެޅުނު ހާއްސަ ގަރާރަކުންނެވެ. މި ގަރާރު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 1،019 މެންބަރުންގެ އިއްތިފާގުންނެވެ. ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒަށް 2028 ގެ ޓިކެޓް ދޭން ނިންމީ، އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ހައްގުވާތީއާއި، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕީއެންސީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށް ބަޔާންކޮށްފައި ވާތީ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް 2028 ގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާނެ ކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ގައިވެސް އިއުލާނު ކުރައްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަދެއްކެވި މަތީ މަޖިލީހުގެ ހުރިހާ މެންބަރުންވެސް ވަނީ މި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވައި، ރައީސް މުއިއްޒު ގައުމަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
ރޭޕް މައްސަލަ މުވައްޒަފަކަށް ސާބިތުވާނަމަ ފިޔަވަޅު އަޅާނެ: ވެމްކޯ
އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް 95،000 ރުފިޔާއަށް ބޮޑުކުރަނީ
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހާ ގޮތަށް ހަދައިފި