ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ މިއަދު އަވަހާރަވެއްޖެ އެވެ.
ޑރ. މުހައްމަދު އަލީ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުން 67 އަހަރުގަ އެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ މުހައްމަދު އަލީއަކީ ވޭތުވެދިޔަ 15 އަހަރަށް ވުރެ ދިގު މުއްދަތުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަމާއި އިމިގްރޭޝަންގެ ކޮންޓްރޯލަރުކަން އޭނާ ވަނީ ކުރައްވާފަ އެވެ.
މީގެއިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ. ކުރީގެ ޕްލޭނިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގައި ތިމާވެށްޓާ ގުޅޭ ދާއިރާތަކުންވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އެވެ.
މުހައްމަދު އަލީއަކީ ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ދިރިއުޅުމުގައިވެސް ނަމޫނާ ދެއްކެވި ބޭފުޅެކެވެ. އިންޖީނުލީ އެއްގަމު އުޅަނދުފަހަރުގެ ބަދަލުގައި، އޭނާ އާންމުކޮށް ދަތުރުފަތުރު ކުރައްވާފައިވަނީ ބައިސްކަލުގަ އެވެ.
ރޯދަ މަހުގެ ފަހު 15 ގައި ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
"އަލްޓްރާ ޕްރޮސެސްޑް" ކެއުންތަކަށް ދެވި ހިފަނީ ކީއްވެ؟
ޗާލު ވާދީތައް ދޫކޮށް ސްވިޓްޒަލޭންޑްގެ މުޅިން ތަފާތު މަންޒަރެއް!
