ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދުން ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހަތް މީހުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ، މި ބޯޓު ކޯސްޓްގާޑް ޝިޕް އިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، އަތުލައިގަތް މަސްބޯޓު ހދ. ކުޅުދުއްފުއްޓަށް ވަނީ ގެންސްގޮސްފަ އެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއްކަން އެމްއެންޑީއެފްއިން އަދި ހާމައެއް ނުކުރެ އެވެ.
މީގެ ދެ ހަފުތާ ކުރިން ވެސް ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްއިން ވަނީ ހިފަހައްޓާފަ އެވެ. އެ ބޯޓު އަތުލައިގަތީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރާ ބޭރުގެ ބޯޓުފަހަރު ކޯސްޓްގާޑުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ހިފަހައްޓާފަ އެވެ. އަދި ގާނޫނާ ހިލާފަށް ވަންނަ އެފަދަ ބޯޓުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އަޅަމުންދެ އެވެ.
ހޮލީވުޑް ބޯލް: އަމާޒުވި ފާޑުކިޔުންތަކަށް މައިލީގެ ހޫނު ރައްދެއް!
މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ހުދު އެލާޓް ނެރެފި
ދެ އެއާލައިނެއްގެ ހިދުމަތް ޓާމިނަލް 2 އަށް ބަދަލުކޮށްފި
