ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ސާބިތުވެފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް އަދަބު ކަނޑައެޅުމަށް މިއަދަށް ތާވަލުކުރި އަޑުއެހުން، އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތީ ކޯޓަށް ހާޒިރުނުކުރެވޭނެ ކަމަށް ކަރެކްޝަންސްއިން އެންގުމާ ގުޅިގެން ފަސްކޮށްފި އެވެ.
ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ނުނިމެނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި ފައިސާ ދޫކުރި މައްސަލައިގައި، މި މަހުގެ 12 ވަނަ ދުވަހު ވަނީ ދީނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަދި ހުކުމް އިއްވެންދެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެ އެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. މިއީ މީގެ ކުރިން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދާ ވެސް ގުޅުންހުރި މައްސަލައެކެވެ.
މި މައްސަލައިގެ އިތުރުންވެސް 2018 ވަނަ އަހަރު ފެނަކައިގެ އޮފީސްތަކަށް ކެމެރާ ސިސްޓަމާއި ކޮމާންޑް ސެންޓަރު ގާއިމުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ އެހެން ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި ދީނާގެ މައްޗަށް ހިނގަމުންދެ އެވެ.
ކޯޓުން ބުނީ ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ދީނާ ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށެވެ.
މިއަދު ޓައިގާ މާދަމާ ކާކު؟ ތަރިންގެ ސަލާމަތާމެދު ބިރު ބޮޑުވެފައި!
ނިދި ހަމަ ކުރުމަށްފަހު ހޭލާއިރު ވެސް ބޮލުގައި ރިއްސަނީ ކީއްވެ؟
ބެލެނިވެރިންގެ ބައްދަލުވުންތަކަށް ދާތާ 30 އަހަރު ވެއްޖެ: ސައިފް