އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކެއް ބޭނުން ކޮށްގެން، ކެންސަރު ބައްޔަށް ފަރުވާކުރާ މީހުންގެ "ބަޔޮލޮޖިކަލް އޭޖް" (ހަށިގަނޑުގެ ސެލްތަކުގެ ހަގީގީ އުމުރު) ދެނެގަނެ އެމީހުން ދިރިއުޅޭނެ މުއްދަތު ނުވަތަ ބަލީގައި އުޅޭނެ މިންވަރު މީގެ ކުރިން އަންދާޒާ ނުކުރެވޭހާ ސައްހަކޮށް ދެނެގަނެވޭނެ ނިޒާމެއް ސައިންސްވެރިން އުފައްދައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސިއްހީ މާހިރުން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، އިންސާނާގެ އުފަންވި ތާރީހަށް ބަލައިގެން އޭނާގެ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކާއި ސެލްތަކުގެ ޞިއްޙީ ހާލަތަށް ރިއާޔަތްކޮށް ކަނޑައެޅޭ "ބަޔޮލޮޖިކަލް އޭޖް"އަކީ ކެންސަރު ފަރުވާގެ ނަތީޖާ އަންދާޒާ ކުރުމުގައި މުހިއްމު މައުލޫމާތެކެވެ.
މި އޭއައި ނިޒާމު ތަރައްގީ ކޮށްފައިވަނީ ބަލިމީހުންގެ މެޑިކަލް އިމޭޖިންގް (އެކްސްރޭ އަދި ސީޓީ ސުކޭން)، ލޭގެ ތަހުލީލުތައް އަދި ޖީންގެ މައުލޫމާތުތައް ދިރާސާ ކޮށްގެންނެވެ.
އެއަށްފަހު، އެއް އުމުރެއްގެ ދެ ބަލިމީހުންގެ ތެރެއިން ހަށިގަނޑުގެ އެތެރޭގެ ދުޅަހެޔޮކަން ވަރުގަދަ މީހާއާއި، ހަށިގަނޑު އަވަހަށް ބަލިވަމުންދާ މީހާ ވަކި ކޮށްދިނުމުގެ ގާބިލުކަން މި އޭއައި މޮޑެލްއަށް ލިބިގެންވެ އެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، އޭއައި މެދުވެރިކޮށް ބަޔޮލޮޖިކަލް އުމުރު މަތި ކަމަށް ދައްކާ ބަލިމީހުންނަށް ކީމޯތެރަޕީ ފަދަ ވަރުގަދަ ފަރުވާތަކުން ކުރާ ނޭދެވޭ އަސަރު ބޮޑުވެ، ބަލިން ފަސޭހަވުމުގެ ފުރުސަތު ކުޑަވެ އެވެ.
އެހެން ނަމަވެސް އުމުރުން ދުވަސްވީ ނަމަވެސް ބަޔޮލޮޖިކަލް އޭޖް ކުޑަކޮށް ދައްކާ މީހުންނަށް ވަރުގަދަ ފަރުވާތައް ކާމިޔާބު ކަމާއެކު ދެވިދާނެކަން މި މޮޑެލްއިން ދެނެގަނެެވެ އެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި މި އާ ހޯދުމުގެ ސަބަބުން، ކޮންމެ ކެންސަރު ބަލި މީހަކަށްވެސް އެމީހެއްގެ ހަށިގަނޑުގެ ހަގީގީ ހާލަތާ އެންމެ ގުޅޭ ހާއްސަ ފަރުވާގެ މަގުތައް ކަނޑައެޅުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.
ވައިގަދަވެ ބޯކޮށް ވާރޭވެހޭނެތީ ކ އަތޮޅުން ލ އަށް ރީނދޫ އެލާޓް
"ކޭ3ޖީ" ބައްލަވަން ޕްރިންސް ވިލިއަމްގެ ވައުދު ފުޅެއް!
އަންހެނުން ރޭގަނޑު ގަވާއިދުން ލަހުން ކެއުމުގެ ނުރައްކާ!