ކޮންމެ ދުވަހަކު މަދުވެގެން 20 މިނެޓު ހިނގާލުމަކީ ސިކުނޑީގެ މަސައްކަތްތައް ހަރުދަނާކޮށް، މޫޑު ރަނގަޅު ކުރުމަށް އާދަޔާ ޕަލާފު ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު ވިދާޅުވެއްޖެ އެވެ.
ސިއްހީ މާހިރުން ފާހަގަ ކުރައްވާ ގޮތުގައި، ކަސްރަތު ކުރުމަކީ ހަމައެކަނި ހިތާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް ކުރެވޭ ކަމެއް ނޫނެވެ.
ދުވާލަކު 20 މިނެޓުގެ ކުރު ހިނގާލުމަކުންވެސް ސިކުނޑިއަށް އޮކްސިޖަންއާއި ލޭ ދައުރުކުރާ މިންވަރު އިތުރުވެ، ސިކުނޑީގެ ސެލްތަކުގެ އާބާތުރަ ފިލުވައިދިނުމަށް އެހީތެރިވެދެ އެވެ.
މިފަދަ ހިނގާލުމެއްގެ ތެރޭގައި ހަށިގަނޑުން "އެންޑޯފިންސް" ނުވަތަ އުފާވެރިކަން އިހުސާސް ކޮށްދޭ ހޯމޯންތައް ދޫ ކުރުމުގެ ސަބަބުން، ތަބީއީގޮތުން ކަންބޮޑުވުމާއި ނުތަނަވަސްކަން ކުޑަވެ މޫޑު ރަނގަޅުވެގެންދެ އެވެ.
އޭގެ އިތުރުން ސިކުނޑީގެ "ހިޕޯކެމްޕަސް" ނުވަތަ ހަނދާންތަކާ ގުޅިފައިވާ ބައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ވިސްނުމާއި ސަމާލުކަން ދިނުމުގެ ގާބިލުކަން މަތިވެ އެވެ.
ހަމައެއާއެކު މަސައްކަތުގެ މާހައުލުގައި ނުވަތަ ދުވަހުގެ ތާވަލުގައި ބޮޑެތި ސްޓްރެސްތަކާ ކުރިމަތިވާ ހިނދު، މިކަމުންން ނަފްސާނީ ވަރުބަލިކަން ކުޑަކޮށްދީ ސިކުނޑިއަށް ތާޒާކަން ގެނެސްދެ އެވެ.
ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި، މިއީ ވަރަށް މާ ބާރަށް ދުވުން ނުވަތަ މާ ބުރަ ކަސްރަތު ތަކެއް ކުރަން ޖެހޭ ކަމެއް ނޫނެވެ.
އާދައިގެ ރޭޓެއްގައި، ގަވާއިދުން ދުވާލަކު 20 މިނެޓު ހިނގާލުމުގެ އާދަ އަށަގެންނެވުމުން ވެސް ދިގު މުއްދަތަކަށް ސިކުނޑިއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އެދެވޭ ބަދަލުތަކެއް އަންނާނެ އެވެ.
ކެންސަރު ފަރުވާގެ ނަތީޖާ އިންސާނާގެ މޫނުން ދެނެގަނެވިދާނެ؟
"ކޭ3ޖީ" ބައްލަވަން ޕްރިންސް ވިލިއަމްގެ ވައުދު ފުޅެއް!
މަގާމުން ވަކިކުރަން ނިންމުމުން ގާޒީ އިހްސާން އިސްތިއުފާދެއްވައިފި