މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:20 އިން ހަވީރު 16:20 އާ ހަމައަށް، ށ އަތޮޅުން ފެށިގެން ގދ އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ނިމިދިޔަ ހަފްތާގައިވެސް މޫސުން ގޯސްވެ މެދުރާއްޖެތެރޭގައި ބޮޑު ބަޔަކަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ.
ސައުދުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ކޯޓް
ވަޒީފާ ބަހައިގެން ސޯލިހަށް ވެސް ކާމިޔާބެއް ނުވި: ނަޝީދު
އީރާނު މައްސަލާގައި ސައުދީއާ ގަތަރުން ސުލްހަވެރި ހައްލު ބޭނުންވޭ