ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
މިރޭ އިރުއޮއްސުނުފަހުން މާލެއަށް ބޯކޮށް ވާރޭވެހެން ފެށުމާ ގުޅިގެން ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ސިފައިން ދަނީ އިރުއޮއްސުނީއްސުރެ ޕަމްޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ.
ފުލުހުން ވެސް އަންނަނީ ގެތަކަށާއި ފިހާރަތަކަށް ވެން ވަނުން ހުއްޓުވުމަށްޓަކައި ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާ ގުޅިގެން ކުރަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެންޑީއެފްއިން ވަނީ ގޭގެއަށް ފެން ނުވަންނާނެހެން ކުރިއާލައި ދޮރުމަތީގައި ވެލި ބަސްތާ ޖެއްސުމަށް އިލްތިމާސްކޮށްފަ އެވެ. ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާބޯތަކެއްޗާއި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ އުސް ތަންތަނަށް އެރުވުމަށް ވެސް ސިފައިން ވަނީ އިރުޝާދު ދީފަ އެވެ.
ގަދަ ވައިގެ ސަބަބުން ގޭގޭގެ ފުރާޅު އެއްލައިލަފާނެ ކަމަށް ލަފާކުރެވޭ ނަމަ، ކުރިއާލައި ޓިނުތައް ރަނގަޅަށް ބަނދެ ހައްޔަރުކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރެ އެވެ. އޭގެ އިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ މައުލޫމާތު ހޯދައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ސިފައިން ވަނީ އެދިފަ އެވެ.
ވައިގަދަވެ ބޯކޮށް ވާރޭވެހޭނެތީ ކ އަތޮޅުން ލ އަށް ރީނދޫ އެލާޓް
ދިރާގު ޓިކްޓޮކް ގިވްއަވޭ: އައިފޯން 18 ޕްރޯ މެކްސްއެއް
ފެންބޮޑުވާނެކަމަށް ލަފާކޮށް ކ އިން ވ އަތޮޅަށް އޮރެންޖް އެލާޓް
