ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަންގެ ސިއްހީ ހާލަތު ހުރި ގޮތުން ސޯޝަލް މީޑިއާއާ ދުރުވެ އެކަމަށްޓަކައި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެފި އެވެ.
އުމުރުން 84 އަހަރުގެ އެކްޓަރު، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފާގެ މަތިން ކުރިއަށް އޮތް ދުވަސްތަކުގައި ބެޑް ރެސްޓް ކުރަން ޖެހޭ ކަމަށެވެ.
ބެޑް ރެސްޓަށް ދާން ޖެހުނު ސީދާ ސަބަބެއް ނޭނގުނު ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި އެއީ އޭނާގެ އުމުރާ ގުޅިގެން ނަގާ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ.
އެހެން ކަމުން މި މުއްދަތުގައި ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް ލިޔެ ނުވަތަ ވާހަކަ ނުދެއްކޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
މީގެ އިތުރުން، ދުޝެރާގެ މުނާސބަތުގައި އޭނާގެ އަމިއްލަ ބްލޮގް މެދުވެރިކޮށް ދިން ތަހުނިޔާގައި ވެސް ބެޑް ރެސްޓުގައި ހުރިކަން ފާހަގަ ކޮށްފައިވެ އެވެ.
އަބަދުވެސް ސަޕޯޓަރުންނާ ވަރަށް ގާތުން މުއާމަލާތްކޮށް، ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހަރަކާތްތެރި އަމީތާބް، މިފަދަ ގޮތަކަށް ސޯޝަލް މީޑިއާއާ ދުރުވާން ޖެހުމުން އޭނާގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ފިލްމީ ތަރިންގެ މައްސަލަ ޕީޖީއަށް ފޮނުވައި ބަންދުން ދޫކޮށްލައިފި
އިމާރާތްތަކުގައި ހުޅުޖަހަން ގޮވައިލުމުން ހައްޔަރުކޮށްފި