ހޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ތަރި ކަމަށްވާ ޓޮމް ކްރޫޒަށް، އެމެރިކަން ފިލްމު އިންސްޓިޓިއުޓް (އޭ.އެފް.އައި)ގެ ފަރާތުން ދޭ ޝަރަފުވެރި "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ދިނުމަށް ނިންމައިފި އެވެ.
މިއީ ހޮލީވުޑް ސިނަމާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
އޭ.އެފް.އައި ބޯޑް އޮފް ޓްރަސްޓީސްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި އެވޯޑް ޓޮމް ކްރޫޒަށް ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ލޮސް އެންޖެލޭސްގެ ޑޮލްބީ ތިއޭޓަރުގައި ބޭއްވޭ ހާއްސަ ހަފްލާއެއްގަ އެވެ. މިއީ މި އެވޯޑް ދެވޭ 52 ވަނަ ފަހަރެވެ.
އޭ.އެފް.އައި ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން ކެތުލީން ކެނެޑީ ވިދާޅުވި ގޮތުގައި، ޓޮމް ކްރޫޒަކީ މުޅި ދުނިޔެއަށް ނަމޫނާ ބައިނަލްއަޤްވާމީ ތަރިއެކެވެ.
ފިލްމީ ދާއިރާގައި އެކްޓަރެއްގެ ގޮތުންނާއި ޕްރޮޑިއުސަރެއްގެ ގޮތުން އޭނާ ކުރާ ބުރަ މަސައްކަތާއި، ފިލްމުތަކަށް އޭނާ ބަހައްޓާ ހާއްސަ ޝައުގުވެރިކަމަކީ ފާހަގަ ކޮށްލަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ފާއިތުވެދިޔަ ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޮލީވުޑްގައި ފާހަގަ ކޮށްލެވޭ އެތައް ފިލްމުތަކެއް ކުޅެފައިވާ ޓޮމް ކްރޫޒް ވަނީ "ޓޮޕް ގަން" އަދި މަޝްހޫރު "މިޝަން: އިމްޕޮސިބަލް" ފްރެންޗައިޒް ފަދަ އެތައް ފިލްމުތަކަކުން ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފަ އެވެ. މީގެ ކުރިން އޭނާއަށް ވަނީ އޮސްކާގެ ހާއްސަ އެވޯޑެއް ވެސް ލިބިފަ އެވެ.
ޝިރަކް އޭވިއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަނީ
ވިއްސާރައިގައި ހދ އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް