ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަންދައިގެން ގޮސްފައިވާއިރު، ގޭތެރޭގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ވަނީ ހިފާފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނި ގޮތުގައި މި ހާދިސާގެ ހަބަރު ލިބުމާއެކު އެ އޮތޯރިޓީގެ އޮފިޝަލުން ވަނީ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ނަމަވެސް އެޕާޓްމަންޓުގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ ހަތަރު މީހުންނަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ފަސް ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް އެންޑީއެމްއޭ އިން ވަނީ ހަމަޖައްސައިދީފަ އެވެ.
މައްކާ ސަރަހައްދުން މިސައިލެއް ވައްޓާލާފައިވާ ކަމަށް ބުނެފި
އިންޑޮނޭޝިއާގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ކިއާރާގެ ދެވަނަ ބޭބީ ބަމްޕް ފެނުމުން ގިނަ ބައެއްގެ ސަމާލުކަން
