މަޝްހޫރު ފިލްމީ ތަރި އައިޝަތު ރިޝްމީ އާއި ކްރިއޭޓިވް އެޖެންސީ ޗޮޕާޓްގެ ޑިރެކްޓަރު މިހުސޯ އަބްދުއްސައްތާރު ކައިވެނިކޮށްފި އެވެ.

މިއީ ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރިޝްމީގެ ތިން ވަނަ ކައިވެންޏެވެ. އޭނާ ކައިވެނިކުރި މިހުސޯއަކީ ކްރިއޭޓިވް މާކެޓިން، އިވެންޓް މެނޭޖްމަންޓް އަދި ޕްރޮޑަކްޝަންގެ ހިދުމަތްތައް ފޯރުކޮށްދޭ މަޝްހޫރު އެޖެންސީ ޗޮޕާޓްގެ ޑިރެކްޓަރެކެވެ.

ދެ މީހުން ކައިވެނިކުރިކަން މިހުސޯ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކޮށް ހާމަކޮށްފަ އެވެ. އޭނާގެ ޕޯސްޓުގައި ރިޝްމީއަކީ އޭނާގެ އަނބިމީހާއަށް ވެއްޖެ ކަމަށާއި، އެކަމަށްޓަކައި ﷲ އަށް ހަމްދުކުރާކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/De19I9WjxcZ/?img_index=1

އިންސްޓަގްރާމް ޕޯސްޓާއެކު ކައިވެނީގެ ހާއްސަ ދެ ފޮޓޯއެއްވެސް ހިއްސާކޮށްފައިވެ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާގެ ޕޯސްޓަށް މަރުހަބާ ކިޔައި ހެޔޮއެދުންތައް ފޮނުވަމުންނެވެ.

ރިޝްމީ މީގެ ކުރިން ކައިވެނިކޮށްފައި ވަނީ ދެ ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް އާއި ރަވީ ފާރޫގާއެކުގަ އެވެ.

އަޒްމީލް އާއި ރިޝްމީގެ ކައިވެންޏަށް ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ.