ހެނދުނު ނުވަތަ ދުވަހުގެ އެހެން ވަގުތު ތަކުގައި ވެސް ހޫނު ސައި ތަށްޓެއް ބޯލުމަކީ ގިނަ ބަޔަކު އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
ނަމަވެސް، މާ ބޮޑަށް ހޫނުކޮށް ހުންނަ ބުއިންތައް ބުއިމަކީ ސިއްހަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށާއި، ހާއްސަކޮށް މިއީ ކާނާ ދަތުރުކުރާ ހޮޅި (އޮސޮފެގަސް)އަށް ގެއްލުން ލިބި ކެންސަރަށް މަގުފަހި ވެދާނެ ކަމެއް ކަމަށް މާހިރުން ބުނެފި އެވެ.
ކްލިނިކް އޮންކޮލޮޖިސްޓުން ފާހަގަކުރާ ގަސްދުގައި، މާ ބޮޑަށް ހޫނުކޮށް ހުންނަ ބުއިންތައް ގިނަގިނައިން ބުއިމުން ކާނާ ދަތުރުކުރާ ހޮޅީގެ އެތެރޭގެ ފަށަލައަށް ތަކުރާރުކޮށް ހޫނުގެ އަސަރުކޮށް ގެއްލުން ލިބެ އެވެ.
މިފަދަ ގެއްލުންތަކުން އަރައިގަތުމަށް ހަށިގަނޑުން ސެލްތައް އާކުރަމުން ދިޔަ ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ގެއްލުންތައް ލިބެމުން ދިއުމަކީ ކެންސަރުގެ ނުރައްކާ އިތުރުވެގެންދާ ސަބަބަކަށް ވެދާނެ އެވެ.
ދުނިޔޭގެ ސިއްހީ ޖަމިއްޔާތަކުގެ ލަފާތަކަށް ރިޢާޔަތްކޮށް ޑޮކްޓަރުން އިރުޝާދު ދެއްވަނީ 60 އާއި 65 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައި ހޫނުމިން ހުންނަ ބުއިންތައް ބުއިމުން ދުރުހެލި ވުމަށެވެ.
އެގޮތުން ސައި ނުވަތަ ކޮފީ ފަދަ ތަކެތި ބުއިމުގެ ކުރިން ކޮންމެވެސް ވަރަކަށް ފިނިކޮށް، އަނގައަށާއި ކަރަށް ގެއްލުން ނުވާ ވަރުގެ ފިނިހޫނުމިނަކަށް އައުމަށް މަޑު ކުރުމަށް މާހިރުން ލަފާދެ އެވެ.
ކާނާ ދަތުރުކުރާ ހޮޅީގެ ކެންސަރަށް މަގުފަހި ކުރުވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރަލުގެ ބާވަތްތައް ބޭނުން ކުރުން ހިމެނޭއިރު، ހޫނު ބުއިންތައް ބުއިމުގައި ހައްދު ފަހަނައަޅައި ދިޔުމަކީ ރައްކާތެރިކަމެއް ނޫންކަން ޑޮކްޓަރުން ހަނދާން ކޮށްދެ އެވެ.
އާރަވްއާއި އަނަންޔާގެ އާ ފޮޓޯތަކާއެކު ލޯބީގެ އަޑުތައް ގަދަވެއްޖެ
އައިފޯން ޑުއޯ: ސްކްރީން ފަޅައިގެންދާކަމުގެ ރިޕޯޓުތަކެއް
ރޭގަނޑު ލަހުން ކާނަމަ ބަރުދަން އިތުރު ވޭތަ؟ ޑޮކްޓަރެއްގެ ޖަވާބު!