ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޭ އަލިފާން ރޯވެ، އޭގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު އެވެ. ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ 34 އަހަރުގެ ދިވެހި ކެޕްޓަން އެކަންޏެވެ.
އަލިފާނުގެ ސަބަބުން ކެޕްޓަންގެ ކަރާއި މޭމަތި ވަނީ ފިހިފަ އެވެ. މީގެ އިތުރުން އަލިފާނުގެ ސަބަބުން އެ ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 05:30 އެހައިކަންހާއިރު އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި
އާރަމު ނިންޖަކަށް ރޭގަނޑު ކެއުމަށް އެންމެ ރަނގަޅު ކާނާ
