ދިރާގު ފިންޓެކްއިން ދިރާގު ޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
ދިރާގުން ބުނިގޮތުގައި މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބިގެންދާނީ ޗާންދަނީމަގު، ވިކްޓޯރިއަސް ކެފޭ – އިންޑިގޯ، އަދި ވިކްޓޯރިއަސް އެވެނިއުއިންނެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، ފުރަތަމަ 1000 ކަސްޓަމަރުން ހަމަވަންދެންނެވެ. ހަމައެކަނި ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެ އެވެ.
ދިރާގުން ބުނިގޮތުގައި މީގެ ކުރިން ވެސް ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
އީރާނު މައްސަލާގައި ސައުދީއާ ގަތަރުން ސުލްހަވެރި ހައްލު ބޭނުންވޭ
ގުޅިފަޅުގެ ފެނާއި ނަރުދަމާ އަޅަން އެމްޓީސީސީއާ ހަވާލުކުރަނީ
ވަޒީފާ ބަހައިގެން ސޯލިހަށް ވެސް ކާމިޔާބެއް ނުވި: ނަޝީދު
