ރަސްމީ ރޭޓް ނޫން ރޭޓެއްގައި ޑޮލަރު ވިއްކުމަކީ މަނާކަމެއް ކަމަށް ސަރުކާރުން ބުނަމުން ދަނިކޮށް، މިއަދު ޑޮލަރު ރޭޓް ހުރީ 23.55ރ. އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިއެއް ވެސް ކަމަށްވާ ސަލީމް ވިދާޅުވީ މިއަދު ޑޮލަރުގެ އަގު ހުރީ 23.55ރ. އަށް ކަމަށެވެ.
ސަލީމް މިހެން ވިދާޅުވެފައިވާއިރު، ޑޮލަރުގެ ރޭޓް މަތިވާ ވާހަކަ ދެއްކުމަކީ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން މަނާކޮށްފައިވާ ކަމެކެވެ. އަދި ރަސްމީ ރޭޓް ނޫން ރޭޓެއްގައި ޑޮލަރު ވިއްކުމާއި ގަތުމަކީ ވެސް އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިވާ އެއް ސަބަބަކީ ޑޮލަރު ރޭޓް މަތިވާ ވާހަކަ ނޫސްތަކުގައި ލިޔަމުން ގެންދިޔުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނެސްނުދެވޭތީ ކުދި ވިޔަފާރިތައް އަންނަނީ އިނދަޖެހެމުންނެވެ.
މިނިސްޓްރީގައި ރޯވުމުން 120 މިލިއަން ހަރަދުކުރި ގޮތް ނުހޯދުނު
ޖިންސީ ގޯނާގެ ކުށް ސާބިތުވެ ރަޝަލް ބްރޭންޑް 10 އަހަރަށް ޖަލަށް
ސައުދުގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ: ކޯޓް
