މަޝްހޫރު ބާބަ ގާޑިޔާގެ ވެރިޔާ ހަސަން އަތީގު ހާޓް އެޓޭކެއް ޖެހުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އާންމުންގެ މާލީ އެހީތެރިކަމަށް އެދިއްޖެ އެވެ.

އަތީގަށް ހާޓް އެޓޭކް ޖެހުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުވައްމުލަކުގައި ހުއްޓާ އެވެ. އެ ރަށު ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި އަންނަނީ އޭނާއަށް ފަރުވާދެމުންނެވެ.

އައިޖީއެމްއެޗުން މިހާތަނަށް ހިތުގެ 2 އެންޖިއޯގްރާމް ހަދާފައިވާ ކަމަށް އަތީގު ކިޔައިދިނެވެ. އެންޖިއޯގްރާމަށްފަހު މެޔަށާއި ކަރުގެ ދެފަރާތުގެ ނާރުތަކަށް ތަދުވެ، ވަރަށް ބޮޑަށް ދުޅަވަމުންދާތީ، އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށްދާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ނާރު ދުޅަވެ ރިއްސާތީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި އެޑްމިޓްކޮށްގެން އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.

"ތަފާތު އެކި ދާއިރާތަކުގެ ޑޮކްޓަރުންނަށް ދެއްކިއްޖެ. އެކަމަކު ދިމާވެގެން އުޅޭ އަސްލު މައްސަލަ އަދިވެސް ހޯދިފައެއް ނުވޭ. އެހެންވެ ރާއްޖެއިން ބޭރަށްގޮސް އިތުރު ފަރުވާތަކެއް ހޯދަން މިވަނީ ޖެހިފައި،" އަތީގު ބުންޏެވެ.

ރާއްޖެއިން ބޭރަށްދާން އަތީގަށް އާސަންދަ ވެސް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ބަލި ހާލަތާ ގުޅިގެން އޭނާގެ ވިޔަފާރި ހުއްޓި އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެފައިވާތީ، ހުރުމާއި ކެއުމުގެ ހަރަދު ހަމަޖެއްސޭނެ ތަނަވަސްކަމެއް ނެތް ކަމަށް އޭނާ ކިޔައިދިނެވެ.

އަތީގުގެ ބޭންކު އެކައުންޓްތަކުގެ ތަފްސީލް

ހަސަން އަތީގް

ބީއެމްއެލް: 7703234441101

އެމްއައިބީ: 90603100669081001