މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އެ މީހާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، އާލިޔާ، އާދަމް އިކްރާމް (32އ) އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައިވެ އެވެ.