ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ހިލޭ ދިނަސް ދެން އަންނަ ސަރުކާރަކުން އެ ބިން އަތުލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި މިރޭ ބޭއްވި ބޮޑު އެއްވުމުގައި ޔާމީން ވިދާޅުވީ އެ ބިން އަނބުރާ އަތުލާނީ އެއްވެސް ބަދަލެއް ނުދީ ކަމަށެވެ.
"އަލައްބާރު އަޑުއަހާ. ޒަޔަނިސްޓުން އަޑުއަހާ. މި ބިން ދީފައި އޮތަސް ދެން އަންނަ ސަރުކާރަކުން އަތުލާނެ. ބަދަލެއް ވެސް ނުދޭނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގައި ޣައިރު ދީނުގެ އެއްވެސް ބަޔަކު ވަޒަންވެރި ނުކުރެވޭނެ ކަމަށާއި މިއީ ހުއްޓާލަންޖެހޭ ކަމެއް ކަމަށެވެ.
އީގަލް ހިލްސްއަށް ރަސްމާލޭގެ ބިން މުޅި އުމުރަށް ދިނުން ވެގެންދާނީ ކާމިޔާބު ނުކުރެވޭނެފަދަ ހަނގުރާމަކައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގައި ހިނގި ދެވަނަ ބޮޑު ހަނގުރާމަ ހިނގީ ބިމުގެ މައްސަލާގައި ކަމަށާއި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރެވޭގޮތަށް ބިމެއް ދިނުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދުނިޔޭގެ އެންމެ ވަރުގަދަ ހަނގުރާމަކުރީ ބިމާ ހެދި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި އެމަނިކުފާނު ލިޔެފައިވާ ތަސައްވުރެއް ކަމަށާއި އެ ތަސައްވުރުގައިވާގޮތުން އެއީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަންދޭން ކަނޑައަޅަން ނިންމާފައިވާ ކަމެއް ކަމަށެވެ.
ރަސްމާލޭގެ ބިމުގެ އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު މިއަދު އަމަލުކުރައްވަމުން ގެންދަވަނީ އަމިއްލަ ނިންމުމާ އިދިކޮޅަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއާއެކު ބްރަދާ މުއިއްޒާއި ބްރަދާ އަބްދުﷲ ކޮރަޕްޝަންގެ ތެރެއަށް ޣަރަގުވެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މިރޭގެ ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ. ސަރުކާރުން ވަނީ މި އެއްވުމަށް ދިޔަނުދިނުމަށް އެކި ހުރަސްތައް ކުރިމަތިކުރުވާފަ އެވެ.
މިސްކިތުގައި ބަރަހަނާވި މީހާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި
މާދަމާއިން ފެށިގެން އާންމު އުސޫލުން ގޭސް ދޫކުރަން ފަށަނީ
ޑިމެންޝިއާގެ ނުރައްކާ ފިރިހެނުންނަށްވުރެ އަންހެނުންނަށް ބޮޑު
