ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެސިޑެންސީ ވިސާ ދެވޭގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުން އިމިގްރޭޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ރެސިޑެންސް ވިސާ ދެވޭ ތިން ހާލަތެއް ހިމަނާފަ އެވެ.
އޭގައިވާގޮތުން ގާނޫނާ އެއްގޮތަށް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރެސިޑެންސީ ވިސާ ލިބެ އެވެ. އަދި އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ކޮންމެ ބިދޭސީއަކަށް ވެސް ރެސިޑެންސީ ވިސާ ދެވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި އޮތީ ރާއްޖެއިން 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދެވޭނެ ކަމަށެވެ.
މި އިސްލާހަކީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައިދީ ބިދޭސީން ވަޒަންވެރިކުރުމުގެ މަޝްރޫއަށް މަގުފަހިކުރުމުގެ ގޮތުން ހުށަހެޅި އިސްލާހެކެވެ.
އެކަމާ ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި އެ މަޝްރޫއު ކުރިއަށްގެންދަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ޝާއިފް "ރިސްކު" ވެސް ނަގާނެ ކާމިޔާބު ވެސް ކުރާނެ!
ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލާތު ޕާޓީން ނިންމައިފި
