އަތުގެ ހަންގަނޑު ކުރަކިވުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ ގިނަ ކަންކަމަށް އުނދަގޫވާ ކަމެކެވެ.
އަހަރެމެންގެ ތެރޭގައި ވަރަށް އާއްމު މި މައްސަލައަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ވަރަށް ފަސޭހަ ފަރުވާތަކެއް ތިރީގައި ލިޔެލާނަމެވެ.
ސަންފުލާވާ ސީޑް ތެޔޮ
ސަންފުލާވާ ސާޑް ތެލަކީ ހިކިވެ ކުރަކި ވެފައިވާ ހަންގަނޑު ރަގަޅުކޮށްދޭ އެއްޗެއްކަމަށް ހޯދުންތަކުން ދައްކަ އެވެ. އެހެންކަމުން ގިނަ މޮއިސްޗަރާސްތަކުގައި މި ތެޔޮ ބޭނުންކޮށްފައި ހުރެ އެވެ. އަތުގެ ހަންގަނޑު ކުރަކިވުމަށް އަވަސް ފަރުވާއެއް ބޭނުންނަމަ ކުޑަ ސަންފުލާވާ ތެޔޮފޮދަކާއި އޯޓްސްކޮޅެއް އެއްކޮށް ހަންގަނޑުގައި އުނގުޅުމަށްފަހު 15 މިނިޓް ވަންދެން ބަހައްޓާށެވެ.
ސާފު މާމުއި
މާމުޔަކީ އޭގައި ގިނަ އެންޓި ބެކްޓީރިއަލް އަދި އެންޓި އޮކްސިޑެންޓްގެ މާއްދާތައް އެކުލެވޭ އެއްޗެކެވެ. މާމުއި ބުއިމުގެ އިތުރުން ހަންގަނޑު ކުރަކިވެ ހަލާކުވެފައިވާ ތަންތަނުގައި މާމުއި އުނގުޅުމުން ހަންގަނޑު ސާފުކޮށް ތާޒާ ކޮށްދެ އެވެ. އަދި ހަންގަނޑު ރަނގަޅު ކުރުމަށް މާމުއި އެހީވެދެ އެވެ.
އެވޮކާޑޯ ހޭންޑް މާސްކް
އެވޮކާޑޯއަކީ ގިނަ ވިޓަމިންތަކެއް އެކުލެވޭ ހަންގަނޑު މޮއިސްޗަރައިޒް ކުރުމުގެ ބާރު ލިބިގެންވާ މޭވާއެކެވެ. އެވޮކާޑޯއެއްގެ އެއްފަޅިއާއި ކާށި ތެޔޮފޮދެއްގެ އިތުރުން ކުޑަ ލުނބޯ ހުތްކޮޅެއް އެއްކުރުމަށްފަހު އަތުގައި އުނގުޅާށެވެ. އަދި 15 މިނިޓަށްފަހު ތާފަނާ ފެނުން އަތް ދޮވެލާށެވެ.
މަތީގައި އެވަނީ އަތުގެ ހަންގަނޑު ކުރަކިވާ ނަމަ ގޭގައި ކުރެވިދާނެ ބައެއް ފަރުވާ ތަކެވެ. ހަންގަނޑު ކުރަކިވެ ހަލާކުވާނަމަ މަ ފަރުވާތަކުގެ އަޖުމަ ބައްލަވާ ލައްވާށެވެ.