ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އައި އަންހެން ކުއްޖާ ފެނުނީ ހޮސްޕިޓަލުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އުމުރުން 16 އަހަރުގެ ކުއްޖަކު ގެއްލިގެން ރޭ 10:24 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކުއްޖާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 11:00 ގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އަނބުރައިގަނެގެން ކަމަށެވެ. އެކަމަކު އޭނާ އެތަނަށް ގެންދިޔަ މީހެއް ނޭނގޭ ކަމަށްވެ އެވެ. މި މައްސަލަ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ ކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އައިފޯން 18 ސީރީޒް: ސެމްސަންގްއިން ބުނަނީ އާ ކަމެއް ނެތް ކަމަށް!
ވިއްސާރާގައި ފޭދޫގެ 30 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ތެލުގެ އަގު 107 ޑޮލަރަށް