ލަވަކިޔުމަކީ ސިއްހަތަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއްކުރާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ހާއްސަކޮށް މިއުޒިކްއާ ނުލައި ލަވަކިޔުމަކީ ހަށިގަނޑަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް އަސަރުކުރާ ކަމެއް ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.
މިއުޒިކާ ނުލާ ލަވަކިޔުމުން ސިކުނޑިއަށް ހަމަހިމޭން ކަން ލިބޭ ކަމަށާއި އެ ކަމުގެ ސަބަބުން ނިދަން ފަސޭހަވާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި ހަމަ އެހެންމެ، އެއީ ގުގުރި ދެމުން ދުރުކޮށްދޭ ކަމެއް ކަމަށް ވެސް ދިރާސާތަކުން ދައްކާފައިވެ އެވެ.
މިއާއެކު ލަވަކިޔުމަކީ ތިމާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު އިތުރުވާ ކަމަކަށްވުމުގެ އިތުރުން އެއީ އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރަން ފަސޭހަވާކަމެއް ކަމަށް މާހިރުން ބުނެ އެވެ.
މީގެ އިތުރުން މިއުޒިކާ ނުލައި ގުދުރަތީ ގޮތުން އަޑު ގެންގުޅެގެން ލަވަކިޔުމަކީ ކުޑަ ވަގުތުކޮޅަކަށް ކަސްރަތުކުރުމާ އެއްވަރަށް ހަކަތަ ބޭނުންވާ ކަމެއް ކަމުން ކަސްރަތުން ލިބޭ ފައިދާ ލަވަކިޔުމުން ލިބޭ ކަމަށް ވެސް މިކަމާ ބެހޭގޮތުން ހެދި ދިރާސާތަކުގައިވެ އެވެ.
ލަވަކިޔުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކުކުރާ ހިތްވާ ކަމަކަށް ވާއިރު އެއީ ސިއްހަތަށް ވެސް ފައިދާ ކުރުވާ ކަމެއްކަން އެނގޭނީ މަދު ބަޔަކަށެވެ.