އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިދިކޮޅުު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވޯޓުލާ ކަމުގެ ތުހުމަތު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) ކުރައްވައިފި އެވެ.

އޮންލައިން ނޫސް "އަވަސް"އަށް ދިން އިންޓަވިއެއްގައި ސަނީފު ވިދާޅުވީ، އިިދދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރުން ވެސް އެމްޑީޕީގެ އެތެރޭގެ އިންތިިހާބުގައި ވޯޓުލާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ އެތެރޭގެ ކަންކަން ހިނގަނީ މުޅިން ރަނގަޅަށް ނޫންކަމަށް ސަނީފު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެމްޑީޕީ ހިނގަނީ ރަނގަޅު މަގަކުން ނޫންކަމަށް ވެސް ސަނީފު ވިދާޅުވި އެވެ.

"މިއަދު ޕީޕީއެމްގެ ކައުންސިލް މެންބަރުން ވޯޓް އެބަލައޭ އަޅުގަނޑުމެން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި. އެހެންވީމަ ޕާޓީގެ އެތެރޭގެ ކަންކަން އެ ހިންގަނީ މުޅިއަކުން ރަނގަޅަށް ނޫން،" ސަނީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ގަވާއިދާ ހަވާލާދީ ސަނީފު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް ޓިކެޓް ލިބެން ޖެހޭނެ ކަމަށެވެ.

ސަނީދު އެގޮތަށް ރައްޔިތުން މަޖިލީހުގެ ރައީސް 2023 ގައި ބާާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރުމާއި ގުޅިގެންނެވެ. އެއާއެކު ދެ ފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ އެތެރޭގެ ކަންކަން އިތުރަށް ވަނީ ގޯސްވެފަ އެވެ.

ވެރިކަންކުރާ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ ރައީސް ސޯލިހު އަށާއި ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެވެ، މަޖިލިސް ގިނަ މެމްބަރުންނާއި ގިނަ މިނިސްޓަރުން ތިއްބެވީ ރައީސް ސޯލިހުއާއެކު އެވެ. ނަޝީދާ އެކު ތިއްބެވީ ވަރަށް މަދު ބައެކެވެ.

ރައީސް ސޯލިހު އާއި ނަޝީދާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ. ނަޝީދު ބޭނުންފުޅު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްގެން ބޮޑު ވަޒީރުކަމަށް އަންނާށެވެ. އެކަން ނަޝީދު ވަނީ ރައީސް ސޯލިހުއަށް ވެސް ދަންނަވައިފަ އެވެ. އަދި ވަރަށް ފަހުން ވަނީ ވެރިކަމުގެ ނިޒާމު 2023 ވަނަ އަހަރު ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ނަޝީދަށް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަންކުރާނެ ނިޒާމެެއް ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. ނަޝީދު ސިފަކުރައްވާ ގޮތުގައި ބޮޑުވަޒީރަށް ވުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު އެވެ. އަދި އެކަން ކުރައްވަނީ މިނިސްޓަރުންނަށާއި މަޖިލިސް މެމްބަރުންނަށް ނުފޫޒު ފޯރުވައިގެންނެވެ.

މީގެ އިތުރުން މިއަދުގެ ވަގުތެއްގައި ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖުތަކެއް ވަނީ ލީކުވެފަ އެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ، ސިޔާސީ ގޮތުން ރައީސް ސޯލިހުއާއެކު ދެން ހުންނަވަން ބޭނުންނުވާ ކަމަށެވެ. މިހާރު ބޭނުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ކަމަށެވެ.