އައްޑޫގައި ކަރަންޓީނުގައި ހުރި އުމުރުން 92 އަހަރުގެ އަންހެނަކު ކޮވިޑް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
މިއީ އައްޑޫން ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާ އެވެ. މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 224 އަށް އެރީ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ ކޮވިޑް ފެސިލިޓީގައި 92 އަހަރުގެ އެ އަންހެން މީހާ މަރުވީ 7:30 ހާއިރު ކަމަށެވެ.
އައްޑޫގައި ކޮވިޑް ޖެހޭ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ނަމަވެސް އެ އަތޮޅު އަދިވެސް މޮނިޓަރިންއަށް ލާފައެއް ނުވެ އެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
ހޮރްމޫޒް ކަނޑުއޮޅި އުޅަނދުފަހަރަށް ހުޅުވާލަން އީރާނުން ނިންމައިފި
އެސްޖީކަމުގެ ދައުރު ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ އަށް