ވޮޝިންޓަން (01 ސެޕްޓެމްބަރު) - އެމެރިކާގައި ރެކޯޑު ކުރެވޭ ކޮވިޑް 19ގެ ކޭސްތައް އިތުރުވެ އެގައުމުގެ ހޮސްޕިޓަލުތަކުން މެޑިކަލް އޮކްސިޖަން ހުސްވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އެގޮތުން ދެކުނު އެމެރިކާގެ ސަރަހައްދުތައް ކަމަށްވާ ފްލޮރިޑާއާއި ޓެކްސަސްގެ އިތުރުން ސައުތު ކެރޮލީނާގައި ކޮވިޑް ޖެހިގެން އެނދުމަތިކުރަން ޖެހޭ މީހުން ދަނީ ގިނަ ވަމުންނެވެ.

ބައެއް ހޮސްޕިޓަލުތަކުން ބުނި ގޮތުގައި މިހާރު ބޭނުން ކުރެވެމުން ދަނީ ރިޒާވްގައި ހުރި އޮކްސިޖަން ކަމަށާއި އޮކްސިޖަންގެ އިންތިޒާމު އަވަހަށް ހަމަނުޖެހިއްޖެނަމަ ހާލަތު ގޯސްވެދާނެ ކަމަށެވެ.

ކޮވިޑްގެ ރާޅެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިހަފްތާގެ ކުރީކޮޅު އެމެރިކާގެ އެކި ސަރަހައްދުތަކަށް ކުރިމަތިވި އިދާ ނަގޫރޯޅިއާއެކު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެެއް ކުރިމަތިވެ އެ ސަރަހައްދުތަކަށް ކުއްލި ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ކޮވިޑް 19ގެ އާ ރާޅާއެކު އެމެރިކާގެ ހެލްތު އެންޑް ހިއުމަން ސާވިސްއިން ވަނީ އެގައުމުގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.-- އަލް އަރަބިއްޔާ