ދެކުނު އިންޑިއާގެ ތަމަޅަ ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޖޯޑު ކަމަށްވާ ނާގަ ޗައިތަނިޔާ އާއި ސަމަންތާގެ ކައިވެނި ރޫޅާލައިފި އެވެ.
ޗައިތަނިޔާ އާއި ސަމަންތާގެ ކައިވެނި ރޫޅާލާކަން ނިންމާއެކަން އިއުލާނުކޮށްފައި ވަނީ އެ ދެމީހުންގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެވެ.
މިދެ ތަރިން ވަކިވާން ނިންމިއިރު މިވާހަކަ މީޑިއާތަކުގައި މިކަމާ ގުޅޭ ގޮތުން އަންނަނީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ.
ކައިވެނި ރޫޅާލުމަށް ނިންމައި، އެކަން އިއުލާނުކުރަމުން އެ ދެ ތަރިން ބުނެފައި ވަނީ އަބަދުވެސް ތިބޭނީ ރަގަޅު ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ. އަދި އެ މީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުފެތުރުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ސްޓޭޓްމަންޓް ނިންމާލަމުން އެ މީހުންނަށް ދޭ ސަޕޯޓަށް ޝުކުރު އަދާކޮށްފައިވެ އެވެ.
މި ދެމީހުން ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. ސަމަންތާ އާއި ޗައިތަންޔާއެކު ހަތަރު އަހަރު އުޅުމަށް ފަހު ވަކިވަނީ ކޮން ސަބަބަކާ ހެދި ކަމެއް އެ މީހުން ހާމަކޮށްފައެއް ނުވެ އެވެ.
ސަމަންތާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ސާ ނޭމް ބަދަލުކޮށްފަ އެވެ. އެއާކު އެކަން ވެސް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ. އަދި އެ ދެމީހުން ވަކިވާން އުޅޭކަމުގެ ޚަބަރުތައް ވަނީ އޭރުން ފެށިގެން ދެކެވެން ފަށައިފަ އެވެ.
މިއީ ސައުތު އިންޑިއާގައި ހާއްސަކޮށް ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަގުބޫލު ޖޯޑެކެވެ. ސަމަންތާ އަދި ޗައިތަނިޔާއެކުގައި ކުޅުނު ފިލްމްތަކުގެ ތެރޭގައި "އޮޓޯނަގަރް ސޫރިއާ" "މަޖިލީ" ފާހަގަ ކޮށްލެވެ އެވެ.
ބޮލީވުޑްގެ ޑެބިއު "ފެމެލީ" މޭންއިން ފަށާފައިވާ ސަމަންތާގެ ކުރިއަށް އޮތީ "ހާތުއާ ކުލާ ރެންދުކާދަލް" އަދި "ޝާކުން ތަލަމް"އެވެ. ޗައިތަނިޔާ ވެސް އަންނަނީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އޭނާ ބޮލީވުޑަށް ތައާރަފް ވަނީ އާމިރް ޚާން އަދި ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "ލާލް ސިންގް ޗައްޑާ" އިންނެވެ.