ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާން ޚާނާއި ޖޯން އަބްރަހަމްގެ ފިލްމު އެދުވަހެއްގައި ސިނަމާތަކަށް ގެނައުމަށް ނިންމައިފި އެވެ.

އެގޮތުން ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރްމާ އެކުގައި ކުޅުނު "އަންތިމް: ދަ ފައިނަލް ޓްރުތު" އަންނަ މަހުގެ 26 ގައި ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވާއިރު، ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ 2" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ ވެސް ހަމަ އެ ތާރީހުގަ އެވެ.

Adv by Media Net
Media Net
Adv by Media Net
Media Net

މަހޭޝް މަންޖްރޭކަރް ޑައިރެކްޓް ކޮށްފައިވާ "އަންތިމް: ދަ ފައިނަލް ޓުރުތު" ޕޯސްޓަރަކާއި ލަވައެއްވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ބެލުންތެރިންނަށް ދައްކާލާފަ އެވެ.

މި ފިލްމަކީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

ޖޯންގެ "ސަތިއަމޭވް ޖަޔަތޭ 2" އަކީ ކޮވިޑާ ގުޅިގެން ރިލީޒްކުރާ ތާރީހު އެކި ފަހަރު މަތިން ބަދަލުކޮށްފައިވާ ފިލްމެކެވެ. އެގޮތުން އަންނަ މަހުގެ 26 ވަނަ ދުވަހު ސިނަމާތަކުގައި ފިލްމު ރިލީޒް ކުރުމަށް ނިންމީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

މި ފިލްމަކީ ޖޯންއާ އެކު ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ 2018 ގައި ގެނެސްދިން "ސަތިއަމޭވް ޖަޔަތޭ" ގެ ދެވަނަ ބަ އެވެ.

ސަލްމާނާއި ޖޯން އަލުން ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިއުމަކީ ދެ ފިލްމުގެ ވާދަވެރިކަން ބޮޑުވާނެ ކަމެކެވެ.

މީގެ އިތުރުންވެސް ޖޯން އާއި ސަލްމާންގެ އިތުރު ފިލްމުތަކެއްވެސް ކުރިއަށް އެބަހުއްޓެވެ އެވެ.