ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) ޅ. ނައިފަރު / ސީނިޔާގެ އެވެ.
ފުލުހުން ބުނީ މައިސަރާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށާއި އޭރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން މައިސަރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ކޮވިޑްގެ ސަބަބުން ތަރައްގީ 15 އަހަރު ފަހަތަށް ދިޔަ: އިރުތިޝާމް
އިންތިޒާރަށް ނިމުމެއް، ޓޭލާގެ "ޕޭޝަންޓް ޒީރޯ" ރިލީޒް ކުރަނީ!
ނިއުކްލިއާ މައްސަލާގައި އެމެރިކާއަށް ދޫނުދޭނަން: އީރާން
އެއްޓީމު މަދު. ތިޔަ އުޅެނީ އެކަމުން ވެސް ނާޖާއިޒު ފައިދާ ނަގަން. މިތާ އުޅޭ ޕޮލިހުންނަށް ތަޙްޤީޤް ކުރަން ނޭގެނީތަ؟
ތިޔަކަމުން ބޮޑު ޚަރަދެއް ހިނގާނެ. ވާނެ އެއްވެސްކަމެއް ނޯންނާނެ. ތިޔައީ މިފަޤީރު ދަނޑިވަޅުގައި ކުރުން އެހައި ރަނގަޅުކަމެއް ނޫން