އެމެރިކާގެ 46 ވަނަ އިންތިޚާބީ ރައީސް ޖޯ ބައިޑެން އިއްޔެ ގިނަ ވަގުތު ހޭދަކުރައްވާފައި ވަނީ އާއިލާއާއި އެކު ގޭގަ އެވެ.
އަދި ބައިޑެންއަށް ޕެންސިލްވޭނިއާ ކާމިޔާބު ކުރެވި، ވައިޓް ހައުސް ކަށަވަރުވި ޚަބަރު ދީފައިވަނީ ވެސް އޭނާގެ ކާފަ ދަރިން ކަަމަށް ކެމްޕެއިންގެ ބައިވެރިޔަކު ވަނީ ހާމަކޮށްފަ އެވެ.
ތިރީގައި އެވާ ފޮޓޯއަކީ ބައިޑެން އިންތިޚާބު ވިތާ ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ކާފަ ދަރި ނައޯމީ ބައިޑެން ޓުވީޓް ކުރެއްވި ފޮޓޯއެކެވެ.
އެ ފޮޓޯ އިން ފެންނަ ގޮތުގައި ބައިޑެންއަށް ކާމިޔާބީގެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު އުފުލުން ގޮސް ބައްދާލި އެވެ. އަދި ބައިޑެން ހުންނެވީ ވަރަށް ބޮޑަށް އުފާވެވަޑައިގެންފަ އެވެ.
ބައިޑެންއަށް ވައިޓް ހައުސް ކަށަވަރުވެފައި މިވަނީ ޕްނެސިލްވޭނިއާގެ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެން، 270 އިލެކްޓޯރަލް ވޯޓާއި ހަމައަށް ވާސިލްވެގެންނެވެ. އިންތިހާބު އޮތް ދުވަހުގެ ކުރީރޭ ވެސް އެ ސްޓޭޓުގައި ކުރި ހޯއްދަވާފައި އޮތީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެހެން ނަމަވެސް މެއިލް-އިން ވޯޓު ކަރުދާސްތައް ގުނަން ފެށުމާއި އެކު ޓްރަމްޕަށް އޮތް ސަޕޯޓު ދަށްވެ ބައިޑެން ވަނީ ލީޑު ނަންގަވާފަ އެވެ.
އެމްޓީޑީސީގެ ހިއްސާއަކަށް މިފަަހަރު ވެސް 60 ލާރި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ކުއްޖާ މަރު
ރައީސް މުއިއްޒު އިސްތިއުފާދެންދެން ސިލްސިލާ މުޒާހަރާތަކެއް ކުރަނީ
