ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އެވެ.
ފުލުހުންނަށް ބުނެފައިވަނީ މި ހާދިސާގައި ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ. ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު މި ދެ ފަތުރުވެރިން ގެނބިފައިވަނީ ރިސޯޓު ކައިރީގައި މޫދަށް އެރި އުޅެނިކޮށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ދެ ފަތުރުވެރިންގެ ހާލުވެސް މިހާރު ރަނގަޅުކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ނަޝީދުގެ ވިސްނުމަށް ގައުމީ މަޖިލީހުން ރުހުމެއް ނުލިބުނު!
ޑައިވިނަށް ދިޔަ ބޭރުގެ ޑައިވަރުންތަކެއްގެ ދެމެދު ހަމަނުޖެހުމެއް
ބީއެމްއެލް އިން 25،000ރ. ލިބޭ ޕްރޮމޯޝަނެއް