މި ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އިތުރު 655 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތާފާސް ހިސާބުތައް ދައްކާގޮތުގައި މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާ ހަމައަށް އިތުރު 655 މީހުން މުޅި ރާއްޖެއިން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 482 މީހުން އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވާއިރު މާލެއިން ޕޮޒިޓިވްވެފައިވަނީ 91 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 178،313 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ ކޮވިޑް ބަލީގައި ވަނީ މަރުވެފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ބޫސްޓަރ ވެކްސިން 157295 މީހުން މިހާރު ވަނީ ޖަހާފަ އެވެ.