ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގާނޫނީ ޒިންމާ އަދާނުކުރާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެކަހެރިވެވަޑައިގެންފިއެވެ.
ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނީ ޒިންމާ އަދާނުކުރާ ކޮމިޓީއެއްގައި ހުންނަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ޖުޑީޝަރީ ކޮމިޓީގައި ހުރި މުހިންމު ބޮޑެތި މައްސަލަތަކާއި ބިލްތައް ނުނިންމާ އަމިއްލަ އެދުމަށް އުޅުން "ކަޑަ" ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާދު ވިދާޅުވީ ބާ އިމްތިހާނާއި ހައިކޯޓުގެ މައްސަލަތަކާއި ކޯޓުތަކާބެހޭ ގާނޫނާއި ހެއްކާބެހޭ ގާނޫނުގެ މަަސައްކަތް ޖުޑިޝަރީ ކޮމިޓީން ނުނިންމާ ކަމަށެވެ.
ޖުޑީޝަރީ ކޮމިޓީއަކީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ޗެއާކުރައްވާ ކޮމިޓީ އެވެ.
ފަހަކަށް އައިސް ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ކުރިމަތިވެފައިވާ ވާދަވެރިކަމުގައި ބަހުގެ ހަމަލާތައް އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުކުރަމުންދާއިރު ނިހާދު ގެންދަވަނީ ވަރަށް ފާޅުގައި އިންތިއާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
ބަންކަރިން ހިދުމަތުން ލިބުނީ 282 މިލިއަން ރުފިޔާ: ސައީދު
"އެވެންޖާސް ޑޫމްސްޑޭ"ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
"އެވެޓާ"ގެ އާ ފިލްމަށް ލިބުނީ ފިނި ތަރުހީބެއް!
މަރުޙަބާ!