ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 99.000 އަށް ވުރެ ގިނަ ވެކްސިން ހަދިޔާކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 99،450 ވެކްސިން ޑޯޒަކީ ކޮވިޑް-19 އެމްއާރްއެންއޭ ޑޯޒް ކަމަށެވެ.
އެމްއާރްއެންއޭ ވެކްސިނަކީ ކޯވިޑް-19އިން ދިފާއުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މީގެ ތެރޭގައި ފައިޒާ އާއި މޮޑާނާ ހިމެނެ އެވެ.
އެމެރިކާއިން، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮފްމަންޓް (ޔޫއެސް އެއިޑް) މެދުވެރިކޮށް އަންނަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވްކަމާއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތު ވެސް ފޯރުކޮށް ދެމުންނެވެ.
ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން ޔޫއެސް އެއިޑުން ވަނީ ރާއްޖެއަށް ހަތް މިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން 60 ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކޮށްފައިވެ އެވެ. މި އެހީތެރިކަމުގެ ތެރެއިން ފުރާނަ ސަލާމަތް ކުރަނިވި ފަރުވާދެވި، އިޖުތިމާއި ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކޮށް، ކޮވިޑާއި ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްޓަންކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ފްލައިޓްތައް ކެންސަލްވެ، ގިނަ ފަސިންޖަރުންނަށް ރާއްޖެ ނާދެވިފައި