ހއ.އިހަވަންދޫ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާ އެގެ ބޭނުންނުކުރެވޭ ހަލާކުވެއްޖެ އެވެ.
މިއަދު މެންދުރު 12:00 ޖަހަން އުޅެނިކޮށް އަލިފާން ރޯވެފައިވަނީ އިހަވަންދޫ ނަލަ އައްސޭރި ގޭގަ އެވެ. އެ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯވެ، ގޭގެ ބޮޑު ބަޔަކަށް އަލިފާންގަނޑު ފެތުރި ގޭގެ ބޮޑު ބައެއް ވަނީ އަނދާ ހުލިވެފަ އެވެ.
މި ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އިހަވަންދޫގައި ހަރަކާތްތެރިވާ ފުލުހުންނާއި ކައުންސިލާއި އަދި ރަށުގެ ރައްޔިތުންގެ މަސައްކަތުން މިގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ މެންދުރު އެކެއް ޖެހިއިރު އެވެ.
މި ހާދިސާ ހިނަގަން މެދުވެރިވީ ސަބަބު އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.