މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް (އާނު)، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިމަން ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި އައިމަން ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިސަރު ޔަގީންކޮށްދެއްވި އެވެ.
މީގެ ކުރިން މި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު އައިމަން ހައްޔަރުކޮށްފައި ނުވި ނަމަވެސް، މައްސަލައިގެ ސީރިއަސްކަމުން ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްގެން މައްސަލައިގެ އިތުރު ތަހުގީގުތައް ފަށާފަ އެވެ.
ރިވެލި ބީޗު ރެސްޓޯރަންޓު އަތުލުން މަޑުޖައްސާލަން އަމުރުކޮށްފި
އެމެރިކާއިން އީރާނުގެ ގޭޝްމަށް ހަމަލާދީފި ކަމަށް ރިޕޯޓުކޮށްފި