ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކުރި މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން މާދަމާ ބާއްވަން ނިންމައިފި އެވެ.
ޝެއިހް ފަޒްލޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި, ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަމުރަށް ފުލުހުންގެ އެދުމުގެ މަތިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން މުރާޖަޢާކޮށް ހައިކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
ކޯޓުން ޝެއިހް ފަޒްލޫން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ގޮތުން މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފަ އެވެ. ޝައިޚް ދޫކޮށްލި ފަހުން ދެތިން ފަހަރެއްގެ މަތިން ފުލުހަށް ވެސް ހާޒިރުކޮށްފައިވެ އެވެ.
ޖެނިފާ ލޮރެންސް އިންސްޓަގްރާމަށް، ފުރަތަމަ ޕޯސްޓަކީ އިންޒާރެއް؟
މެދުއިރުމަތީގެ މައްސަލާގައި ބްރިކްސްއިން ގުޅިފައިވާ ބަޔާނެއް
އީކޮމާސް ޕްލެޓްފޯމްތަކަށް ބީއެމްއެލް އިން މަހަކު 16 މިލިއަން!