އއ. ތޮއްޑޫގައި ގެވެށި އަނިޔާއެއްގެ މައްސަލައެއް ތަހުގީގު ކުރަން ދިޔަ ފުލުހުންނަށް ހަމަލާދީ އިންޒާރުދިން މަސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އއ. ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކުރުމުގެ ގޮތުން އަވަސް އަމުރެއް ނެރެފައިވާތީ އަންހެން މީހާ ދިރިއުޅެމުންދާ ގެއިން ފިރިހެން މީހާ ނުކުތުމަށް އެދުމުން އެކަމަށް އިންކާރުކޮށް ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ މެންދަމު 2:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބުމުން ފުލުހުން އެ ގެއަށް ދިއުމުން ފިރިހެން މީހާ ވަނީ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި އިންޒާރު ދީފައި ކަމަށާ އަދި މާރާމާރީގައި އެއް ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ،

އެ މައްސަލަތައް ފުލުހުން އިތުރަށް އަންނަނީ ތަހުގީގުކުރަމުނެވެ.