ހަކުރު ބައްޔަކީ ފަރުވާ ނުކުރެވި ގިނަ ދުވަސް ވާނަމަ ހަށިގަނޑަށް ގިނަ ގެއްލުންތަކެއް ކުރުވާ ބައްޔެކެވެ. ދިވެހިންގެ ތެރޭގައި ވެސް އާއްމު މި ބަލި ގުދުރަތީ ގޮތުން ކޮންޓްރޯލް ކުރެވޭ ގޮތްތައް ހުރެ އެވެ.

ފޮނިތޮށި ފެން

ފޮނިތޮށްޓަކީ ހަށިގަނޑުގައި ހުންނަ ހަކުރު ޤުދުރަތީ ގޮތުން ދަށް ކުރުމަށް އެހީތެރިވެދޭ ކެމިކަލްއެއް ހިމެނޭ އެއްޗެކެވެ. އެއް ލީޓަރު ފެން ކައްކަން އުދާފައި އޭގެ ތެރެއަށް ތިން މޭޒުމަތީ ސަމުސާ ފޮނިތޮށި ޕައުޑަރު އެޅުމަށްފަހު، 20 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ. ފުރޭނުމަށްފަހު އެފެން ބޯށެވެ.

މާމުއި

2010 ވަނަ އަހަރު ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދިގު މުއްދަތަކަށް ގަވާއިދުން މާމުއި ބޭނުން ކުރާނަމަ، ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުންގެ މެޓަބޮލިޒަމްއަށް އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރާނެ އެވެ.

ފޭރުފަތް

ދެއަތް ފުރާ ފޭރު ފަތާއި 3 ގްރާމް ދިރި ފުނޑާށެވެ. އެއަށްފަހު އެއް ތަށި ފެނުގައި އެޕޭސްޓް ކައްކާށެވެ. އަދި ފުރޭނުމަށްފަހު ބޯށެވެ. ހަކުރު ކޮންޓްރޯލް ކޮށްދޭނެ އެވެ.

ލޮނުމެދު

ކޮންމެ ދުވަހަކު ހެނދުނު ލޮނުމެދު ކެއުމަކީވެސް ހަކުރު ކޮންޓްރޯލް ކޮށްދޭ ކަމެކެވެ. އެހެންނަމަވެސް ލޮނުމެދު ކާންޖެހޭނީ ހުސް ބަނޑާ ހުރެގެންނެވެ.