މަސްވެރިންގެހުރި ކަންބޮޑުވުންތަކާ ޝުއޫރުތައް ފާޅުކުރުމަށް، ހއ. އިހވަންދޫގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.
މި މުޒާހަރާގައި އިހަވަންދޫގެ މަސްވެރި އާއިލާތައް ބައވެރިވެ އެވެ.
އިހަވަންދޫގައި ހުންނަ އައިސްޕްލާންޓް ކުރިމަތީގައި ކުރިއަށްދާ މި މުޒާހަރާގައި މަސްވެރިން ތިބީ ޝުއޫރު ފާޅުކުރުމުގެ ގޮތުން ބޯޑުތައް ހިފައިގެންނެވެ. މަސްވެރިން ދަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދުގެ އިސްތިއުފާއަށް ގޮވަމުންނެވެ.
މި މުޒާހަރާގައި އެރަށު ކެޔޮޅުންނާއި މަސްވެރިން ވެސް ގެންދަނީ ޝުއޫރު ފާޅުކުރަމުންނެވެ. މުޒާހަރާގައި ޝުޢޫރު ފާޅުކުރަމުންދާ މަސްވެރިން ބުނީ މިއަދު އެ މީހުން ހުރިހާ ދޯންޏެއް ފަޅުގައި އަޅައިގެން މިތިބީ ރީއްޗަކަށް ނޫން ކަމަށާއި، ދޯނިފަހަރު މަހަށް ނުފުރި ތިބެން މިޖެހެނީ މަސް ކިރޭނެ ގޮތެއް ނެތިގެން ކަމަށެވެ. އަދި މިހާރު މަހުގެ ހަމަ އަގަކީ ކޮބައިކަމެއް މަސްވެރިންނަށް ވެސް ނޭނގޭ ކަމަށާއި، މަސްވެރިންނަކީ ޢާއިލާތައް ވެސް ބަލަހައްޓަން ޖެހޭ ބައެއް ކަމަށާއި ސަރުކާރު ބަންދުކޮށްފައި ގޭގައި ތިބެއްޖެނަމަ ގައުމު ހިނގާނެތޯ މަސްވެރިއަކު ސުވާލުކުރި އެވެ.
"މަސްވެރިންނަށް މިވަރު ދައްޗަކާ އަދި ދިމާނުވޭ. މަހެއް ކިރެނީކީނޫން. އައިހެއް ލިބެނީކީ ނޫން. ދުވަހަކު ދަށަށް ނުދާ މިންވަރަށް މި އިންޑަސްޓްރީ ދަށަށް ގޮއްސަ މިއޮތީ. މިހާރު އެއްވެސް ގޮތެއްނެތި މަސްވެރިން މިތިބީ ރަށުގައި ލޮކުޑައުންވެފަ. މި ސަބަބާހެދި އަޅުގަނޑުމެން މުޒާހަރާއަށް ނިކުންނަން މިޖެހުނީ،" މަސްވެރިޔަކު ބުންޏެވެ.
މިކަމަކީ ހަމައެކަނި ފިޝަރީޒް މިނިސްޓަރު ޒިއްމާވާން ޖެހޭ ކަމެއް ނޫންކަމަށާއި މިކަމުގައި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ފުރިހަމައަށް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް މަސްވެރިން ބުނެ އެވެ. އަދި މަސްވެރިއަކަށް 22،000 ރުފިޔާ މަހަކު ލިބޭ ކަމަށް ޒަހާ ވިދާޅުވި ވިދާޅުވުމަކީ މަސްވެރިންނަށް ކުރި މަލާމާތެއްކަމަށް ވެސް މަސްވެރިއަކު ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 25 ވަރަކަށް މަސްދޯނި މިއަދު އިހަވަންދޫ ފަޅުތެރޭގައި އަޅާފައި އެބައޮތެވެ. އިހަވަންދޫ މަސްވެރިން ބުނީ މުޒާހަރާ ކުރަމުންދަނީ ހުރިހާ މަސްވެރިންގެ ހައްގުތަކަށް ކަމުގަ އެވެ.
އޯގާތެރި ސަރުކާރުން ތިކުރާކަމަކަށް ބަލާކަށް ބެނުމެއްނޫން. ރޫޙާޙާނީ ރައީސް އެވިދާޅުވަނީ ސަރުކާރުން މަސްގަތުން ހުއްޓާލާށޭ. އޭރުންތާ ފެކްޓަރީ ތަކުގައި މަސައްކަތްކުރާ މީހުންކޮޅުވެސް ކުރާނެމަސައްކަތެއްނެތި މަގުމަތި ކުރަވޭނީ. ހާސްނުވެ. މިނެގޭ އަހަރު ނިމި ދެންނެގޭ އަހަރެއްގައި ކަންކަމާ ތެޅެގަންނާނާނެ. މަސްވެރިންނަށް ލިބޭ ދެރައިގެ ބަދަލު ދޭންތައްާރުވާތި: އަޑީގައިހުރީ އަންނި.