މަންޓާ އެއާގެ ސީޕްލޭންގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އިތުރު ސީ ޕްލޭނެއް ގެނެސްފި އެވެ.
މަންޓާއިން ބުނީ އާ ސީޕްލޭނެއް ރާއްޖެ ގެނެސްފައި ވަނީ އިއްޔެ ކަމަށެވެ.
މަންޓާގެ އާ ސީ ޕްލޭނަކީ މިދިޔަ އާދިއްތަ ދުވަހު އެމެރިކާއިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ.
މަންޓާ އެއާއިން ވަނީ އެއާލައިނަށް 12 ސީޕްލޭން ވިއްކާނެ ނުވަތަ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާނު ކޮށްފަ އެވެ.
މަންޓާ އިން ސީޕްލޭން ދަތުރުތައް ފެށީ 2019 ވަނަ އަހަރު އެވެ. އެ އެއާލައިނުގެ ސީޕްލޭން ފްލީޓުގައި 16 ބޯޓު މިހާރު އޮންނައިރު، 30 ރިސޯޓަކަށް ފަތުރުވެރިން އުފުލަ އެވެ.
މަންޓާ އެއާގެ ސީޕްލޭން ހިދުމަތުގެ އެންމެ ތަފާތު ކަމަކީ ކުރިން އާންމުކޮށްފައިވާ ޝެޑިއުލަކާ އެއްގޮތަކަށް ދަތުރުތައް ކުރުމެވެ.
މަންޓާ އެއާއިން އަންނަނީ ސީޕްލޭންގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ ތިން އެއާޕޯޓަކަށް ދަތުރު ވެސް ކުރަމުންނެވެ.
ފިޔޯރީ އެމްޓީސީސީގެ މުވައްޒަފެއް އިހަވަންދުއަށް ބަދަލުކޮށްފި
ސައުދީ ޕްރޯ ލީގު ދެއްކުން 'ފޮސްކް ސްޕޯޓްސް' އިން ހުއްޓާލައިފި
ތައިލެންޑުގެ ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި