ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މިނިވަން 58 ގެ ނަމުގައި ހާއްސަ އޮފާއެއް މިއަދު ތައާރަފްކޮށްފި އެވެ.
މިނިވަން ދުވަހާ ކުރިއަށް އަތް ޗުއްޓީ ތެރޭގައި އާއިލާ އަދި އެކުވެރިންނާ ގުޅުން ބަދަހިކުރުމަށް ޕްރިޕެއިޑް އަދި ޕޯސްޓަޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކޮށްފައިވާ މިނިވަން 58 ޕެކް މެދުވެރިކޮށް މުޅި ދުވަހަށް 58 ޖީބީ ޑޭޓާ ލިބޭނެ ކަމަށް އުރުދީން ބުންޏެވެ.
އެންމެ 50 ރުފިޔާ އަށް ލިބޭ މި ޕެކޭޖް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ހަމައެހެންމެ، #1*929* އަށް ގުޅުއްވައިގެން ނުވަތަ D50 ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކުރެއްވުމުން ވެސް ވަގުތުން އެކްޓިވޭޓް ކުރެވޭނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެއްވުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑް ކުރައްވާށެވެ.
"ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރީދޫ ޓީމުގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު އެންމެހައި ދިވެހިންނަށް ތަހުނިޔާ ދަންނަވަން. މި ހާއްސަ އޮފާއަކީ މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް މި ޗުއްޓީ ތެރޭގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ ޗުއްޓީގެ އުފާވެރިކަން އިންޓަނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރެވުނު ހާއްސަ އޮފަ އެއް. މި އޮފާ އަކީ ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ އޮފާ އެއްކަމަށް އުއްމީދުކުރަން،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.
އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭ މި ހާއްސަ އޮފާ 26 ޖުލައި 2023 އިން ފެށިގެން 31 އޮގަސްޓް 2023 ގެ ނިޔަލަށް ނެންގެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.