އޮގަސްޓު މަސް ނިމުނުއިރު ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން މުޅި މި އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފްތާގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެލްޖީއޭއިން ވަނީ 41.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މިއީ މުޅި އަހަރަށް އެ އިދާރާއަށް ކަނޑައެޅި 38.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 8.92 ޕަސެންޓް އިތުރު އަދަދެކެވެ. މީގެއިތުރުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެލްޖީއޭއިން ހަރަދުކުރި 22.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 15.6 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ހަރަދު ކުޑަކުރުމުގެ ނަމުގައި މިދިޔަ ޑިސެމްބަރު މަހު އަތޮޅު ކައުންސިލުތައް އުވައިލުމަށްފަހު، އެ އިމާރާތްތަކުގައި ގާއިމުކުރި އެލްޖީއޭގެ އަތޮޅު އޮފީސްތަކާއެކު ހަރަދު ބޮޑުވިކަން އެލްޖީއޭގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ: ރައީސް
ދެބަފައިންގެ އެކްސިޑެންޓް: ބައްޕަގެ އުންމީދު ކަނޑާލައިފި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ކުއްޖާ މަރު