ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުގައި ދެންމެ ފަށައިފި އެވެ.

މި މައްސަލައިގެ ޝަރީއަތް ފައްޓަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ މިއަދުގެ ޝަރީއަތް އެމަނިކުފާނު ކުރިއަށް ގެންދަވަން ގަސްތު ކުރައްވަނީ މިރެއާ ހަމައަށް ކަމަށެވެ.

މިރެއާ ހަމައަށް ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަަވެސް 6:00 ޖަހާއިރު ބްރޭކެއް ނެންގެވުމަށްފަހު 6:45 ގައި އަނެއްކާ ވެސް ޝަރީއަތް ފައްޓަވާނެ އެވެ. އަދި 7:30 ގައި ބްރޭކެއް ނަންގަވާނެ ކަމަށާއި ބްރޭކަށް ފަހު ޝަރީއަތް ފައްޓަވާނީ 8:00 ޖަހާއިރު ކަމަށް ވިދާޅުވި އެވެ. ނަމަވެސް މައްސަލައިގެ ހުކުމެއް މިރޭ އިއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ބައިވެރިވެ އެވެ.

https://www.youtube.com/watch?v=ePpY8IOhApY

މި މައްސަލާގައި މިހާރު ކުރިޔަށް ދަނީ ރައީސް ޔާމީންގެ ފަރާތުން ވަކީލް ހަމްޒާ ލަތީފް މައްސަލަ ހުށަހެޅުއްވުމެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އެ މަނިކުފާނުގެ ވަކީލް ހަމްޒާ ލަތީފް ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަނީ.

އެ ޝަރީއަތުގައި ރައީސް ޔާމީން އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެ އެވެ.

https://www.tiktok.com/@hurihaa/video/7263412380082654465

މި މައްސަލައަށް ސުޕްރީމް ކޯޓުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީސް ތަދައްޚުލް ކުރުވައިފަ އެވެ. އަދި ޕީޕީއެމް އިން ވަނީ އެ މައްސަލައަށް ތަދައްޚުލްވެފަ އެވެ.