ދިރާގުގެ މޮބައިލް ޑޭޓާގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ މޮބައިލް ޑޭޓާ ލިބުމުގައި ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް އުޅޭ ކަމަށެވެ. އަދި އެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަސް ވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް އިންޓަނެޓްގެ ހިދުމަތް މެދުކެނޑުނީ ކޮންއިރަކު ކަމެއް ނޭނގެ އެވެ. އެ މައްސަލަ ދިމާވެގެން އުޅޭކަން އެ ކުންފުނިން ބުނީ 6:55 ގައި ކުރި ޓުވީޓަކުންނެވެ.
މޮބައިލް ފޯނު ބޭނުންކުރާ މީހުންނަށް އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިވިއިރު، ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ކުރިމަތިވެ އެވެ. އަދި ބައެއް ފަހަރު އެ މައްސަލަ ގިނައިރުތަކެއް ނުވެ ހައްލުކުރެ އެވެ.
ރިޝްވާން އެމްޕީއެލްގެ މުވައްޒަފުންތަކަކާ ޒުވާބުކުރާ އޯޑިއޯއެއް
ފެނަކައިގެ ޑީއެމްޑީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި
ގަވާއިދުން ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ